ޑިމޮކްރެޓުން ކުއްލިއަކަށް ލޮދިކޮށް ’ޗޫސްލާފަ‘ މައްޗައް ދެމިލަނީ!
ދެންމެ | 02 ސެޕްޓެމްބަރ 2023

މިއަހަރުގެ ރިޔާސީ ކެމްޕެއިންގައި އެންމެ ތަފާތު ސްޓައިލެއް ގެންގުޅޭ ބަޔަކީ ޑިމޮކްރެޓުންނެވެ. އެމީހުންގެ ކެމްޕެއިން ޙަރަކާތައް ފެންނަނީ ވަރަށް ޒަމާނީ ގޮތަކަށެވެ. އަދި ރައްޔިތުންނާއި ގާތުން އެމީހުންގެ ބައިވެރިވުމާ އެކު ހިންގޭ ކެމްޕެއިން ޙަރަކާތްތަކެކެވެ. ފުރަތަމަ ކޮޅުގައި މީހުންގެ މާބޮޑު ސަމާލުކަމެއް ލިބިފައި ނެތް ނަމަވެސް މުޅި މަންޒަރު ބަދަލުވެއްޖެއެވެ. ޒުވާނުންނަށް ވަރަށް ކަމުދާ އުޞޫލުތަކެއްގެ ގޮތުގައި ބަލައިގެންފިއެވެ. އަދި ޑިމޮކްރެޓުންނަށް އޮތް ތާޢީދު ވަރަށް ބޮޑު ތަނުން އިތުރު ވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ ރިޔާސީ ކެމްޕެއިންގައި ފެންނަނީ ނަތީޖާ ނެރެމުންދާތަނެވެ. އަދި ދަ ޑިމޮކްރެޓްސް އާއި ގުޅެމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ކުރިން ހަމަ އެކަނި މާލޭގައި އޮތް ޙަރަކާތްތައް އަތޮޅުތެރެއަށް ފުޅާކޮށް އެމީހުންގެ ސަޕޯޓްބޭސްއެއް އުފައްދައިފިއެވެ. އަދި ހިތާ ހިތުގެ ގުޅުން އަނެއްކާ ވެސް ގުޅެމުންދާން ފަށައިފިއެވެ. އަދި ފެންނަނީ ނުހަނު އިތުބާރާ ޔަޤީންކަމާ އެކު ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައެވެ. މިއީ ކުރިން އެއްވެސް މީހަކު އުންމީދު ކުޅަ ގޮތެއް ނޫނެވެ.

މާލޭގައި މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ކަންމަތީ ބައްދަވުންތަކަށް ވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

އެންމެ ކުޑަ ސައިޒް ޕިކަޕެއްގެ ފޮށިގަނޑު ތެރޭގައި ރައީސް ނަޝީދު ހުންނަވައިގެން ދައްކަވަމުން ގެންދަވަނީ ވަރަށް ބޮޑު ވާހަކަތަކެކެވެ. އެއީ ފިލިޕީންސް އާއި ސިއްގައްޕޫރު ފަދަ ޤައުމުތަކުގައި ކާމިޔާބު ސިޔާސަތުތަކެކެވެ. އަދި އެއީ މުޅި މާލޭ ސިޓީގެ މަލަމަތި ބަދަލުކޮށްލާނެ ވަރުގަދަ ގެދޮރުވެރިކަމުގެ ސިޔާސަތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!