ލޯ ލާރިއެއް އަތުގައި ނެތަސް ވިޔަފާރި ފަށައިދޭނަން: އިލްޔާސް
ދެންމެ | 03 ސެޕްޓެމްބަރ 2023

ލޯ ލާރިއެއް އަތުގައި ނެތް ނަމަވެސް ވިޔަފާރި ފަށައިދޭނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާގެ ”ފަސޭހަ ވިޔަފާރި“ ޕޮލިސީގެ ދަށުން ވެސް ޒުވާނުންނަށް އަލަށް ވިޔަފާރިތައް ފެށުމަށް ގިނަ ފުރުސަތުތަކެއް ދޭނެ އެވެ.

އިލްޔާސް ވިދާޅުވީ އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެއްޗެއް، އިކުއިޓީއެއް ނެތް ނަމަވެސް، ވިޔަފާރި ޕްރޮޕޯސަލް ހުށަހެޅުމުން ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، އާންމު ފަރުދުންގެ އާމްދަނީ މި ސަރުކާރަށް އިތުރުކޮށެއް ނުދެވުނެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، އެކަން ކުރެވޭނެ ނިޒާމަކަށް ވެސް އިލްޔާސް އަށް ފެންނަ ކަމަކީ ފަރުދުންގެ އާމްދަނީ އިތުރުކުރުމެވެ. ފަރުދުންގެ އާމްދަނީ އިތުރުކުރުމުން، ގައުމުގެ އިގުތިސޯދު ވެސް ކުރިއަރައި، މަސައްކަތްތެރިކަން އިތުރުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!