ހުރިހާ އަންހެނުން ހިތްތަކާއި ކުޅެލީ ހަމައެކަނި ރައީސް އިބުރޭ: ރޮޒައިނާ
ދެންމެ | 05 ސެޕްޓެމްބަރ 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަކީ، ރާއްޖޭގެ އަންހެނުންގެ ހިތްތަކުން އެންމެ ބޮޑު ޖާގައެއް ހޯއްދަވާފައިވާ ރައިސް ކަމަށާއި އެމަނިކުފާނު އަންހެނުންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާކަމަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

މާލޭ ކާނިވާ ސަރަހައްދުގައި އޮތް، ”އުފާވެރި މާލެ“ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ، ރާއީސް ސޯލިހުގެ ވެރިކަމުގައި ހުރިހާ ރައްޔިތުން ތިބީ އުފަލުން ކަމަށެވެ.

ހާއްސަކޮށް އަންހެނުންގެ ތިބީ އުފަލުން ކަމުގައި ވިދާޅުވަމުން ރޮޒޭނާ ވިދާޅުވީ، ކުރީ ސަރުކާރުން އަންހެނުނަށް ކުރަމުން ދިޔަ އަނިޔާ މިސަރުކާރުން ވަނީ ހުއްޓުވާފައިކަމަށެވެ.

“ … އަޅުގަނޑުމެނަށް ދިން އަނިޔާ އަޅުގަނޑުމެން ހަނދާނެއް ނުނެތޭ، މަޖްލިސް ތެރޭގައި އަޅުގަނޑުމެންގެ މޫނަށް ޖެހީ ކުޅު، ހައިކޯޓުގައި އެންމެ އަންހެން ފަނޑިޔާރެއް ހުއްޓާ، އެކަމަނާ ދަރިންނާ ވަކިކޮށް ގެންގޮސް ބެހެއްޓީ އެހެން ރަށެއްގަ، މިތާ މިިތިބަ ހުރިހާ އަންހެން ބޭފުޅުންނަށް ދިން އަނިޔާ ތިބޭފުޅުން ހަނދާނެއް ނުނެތޭނެ، އަންހެން ނޫސްވެރިންނަށް ކުރަމުން ދިޔަ އަނިޔާތަކެއް އެމީހުން ހަނދާނެއް ނުނެތޭނެ، ކުރިއަށް އޮތް ފަސް އަހަރަކީ އަދި މިފަސް އަހަރައް ވުރެވެސް ރަނގަޅަށް މެނިފެސްޓޯ ހަދައިގެން އަޅުގަނޑުމެން ނިކުމެ ތިބި ފަހަރު“ ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ އެމްޑީޕީ މެނިފެސްޓޯގަ އަންހެނުނަށް ހުރި ކަންތައްތަކަކީ އަންހެނުން އަމިއްލައަށް އެދުނު ކަންތައްތައް ކަމަށެވެ.

“ އަންހެން ބޭފުޅުން ވިދާޅުވީ މިއުޅެނީ ދަރިއަކު ނުލިބިގެންނޭ، އާސަންދައިގެ ދަށުން އެކަން ވާގޮތް ހަދާދީފަ އޮންނާނީ މެނިފެސްޓޯގަ، ތިބޭފުޅުން ވިދާޅުވީ، ސްކޫލު ކުދިންގެ ދަބަސް ހާދަ ބަރޭ މިނޫން ގޮތެއް ހަދާދޭށޭ، ހަދާދީފަ އޮންނާނީ މެނިފެސްޓޯގަ، ތިބޭފުޅުން ވިދާޅުވީ އަންހެނުން ކުޅިވަރު ކުޅޭނެ ދަނޑުތަކެއް މިހާރު ނެތޭ، ހަދަދީފަ އޮންނާނީ މެނިފެސްޓޯގަ، ތިބޭފުޅުން ވިދާޅުވީ، ޓިއުޝަނަށް ހާދަ ފައިސާއެއް އެބަ ހަރަދުވެއޭ ހާދަ ވަގުތެއް ޓިއުޝަނަށް ކުދިން ގެންދަން ހޭދަވެއޭ، އަމިއްލަ އަށް ސުކޫލުތަކުން އެކަން ކުރެވޭނެ ގޮތް ހަދާފަ އޮންނާނީ މެނިފެސްޓޯގަ، ތިބޭފުޅުން ވިދާޅުވީ، ތުއްތު ދަރިފުޅު ބަހައްޓާނެ ތަނެއް ނެތޭ ވަޒީފާއަށް ދާއިރު، ޑޭ ކެއާ ސެންޓަރު ތަކާ ޗައިލްޑް ކެއާ ބެނެފިޓް ގާއިމް ކުރެވޭނެ ގޮތް ހާދާފަ އޮންނާނީ “ އަންހެނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެމްޑީޕީ މެނިފެސްޓޯގައި ހިމަނަފާއިވާ ބައެއްކަން ކަމަށް އަލި އަޅުވާ ލައްވަމުން ރޮޒޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިސަރުކާރުން އަންހެނުނަށް ކިޔވުމުގެ ފުރުސަތު ހޯދާއިންކަމަށާއި ވިހެއުމުން މުސާރަ އާ އެކު ހަމަސް ދުވަހުގެ ޗުއްޓީ ލިބޭނެ ގޮތް ހަދާފައިވާ ކަން ވެސް ރޮޒޭނާ ފާހަގަ ކުރެއްވިއެވެ.

މިރޭ ކުރިއަށް ދިޔަ ބޮޑު ޖަލްސާގައި ރައީސް ސޯލިހްގެ ރިޔާސީ ދެވަނަ ދައުރެއްގައި މާލެ އާއި މާލެ ސަރަހައްދު ތަރައްގީކުރުމަށް ގެންގުޅުއްވާ ސިޔާސަތު ވަނީ ހާމަކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!