ރައީސް އިބުރޭ ފުރަތަމަ ބުރުން ކަޓުވާލަން ޕީޕީއެމް ފޭނުން އިއްލި-އަމްރަށް ވޯޓް ކޮޅެއްދީ: ރައީސް ނަސީދު
ދެންމެ | 06 ސެޕްޓެމްބަރ 2023

އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން، އަންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓް ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ނޫން ގޮތެއް ހޯދުމަށް ދެވަނަ ބުރަކަށް ރައީސް ސޯލިހު ދިޔަ ނުދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެހެން ކަމުން ޕީޕީއެމްގެ ސަޕޯޓަރުން، ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓް ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މީހެ އިތުރުން ރައީސް ނަޝީދު އަންއޮފިޝަލް ކޮށް ޓްވީޓް ކުރެއްވުމަށް ބޭނުންކުރައްވާ ޓްވިޓަރ ހެންޑްލް އިންވެސް ވަނީ، މޮޅެތި ޓީމްތަކަށް އެމީހުން ބޭނންވާ ބަޔަކު ގޮވައިގެން ފައިނަލް އަށް ދެވޭކަމަށާއި، ޕީޕީއެމްގެ ސަޕޯޓަރުންވެސް މިކަމަށް ވިސްނަވާ ”ބައެއް ވޯޓް“ ތައް އިލްޔާސް ލަބީބަށް ދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިގޮތަށް ގޮވާލެއްވިއިރު، އެމަނިކުފާނު ވަނީ ރައީސް ޔާމީނު ޖަލުން ސަލާމަތްކުރެއްވޭނީ ހަމައެކަނި ޑިމޮކްރޭޓްސް އިންނަށް ކަމަށާއި، އެކަމަށްޓަކައި މަގުމައްޗަށް ނިކުމެ މުޒާހިރާ ކުރަން ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ. އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އާއި ސަލާންކުރައްވާ، މަގުމަތީގައި ހުންނަވާ، ރައީސް ޔާމީނު މިނިވަންކުރުމަށް ގޮވާލައްވާފައިވާ ކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެހެންނަމެވެސް، ރައީސް ޔާމީނުވެސް ތާއީދުކުރައްވާ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް އަމާޒުކޮށް، ގިނަބަހުގެ ހަމަލާތަކެއް، ރައީސް ނަޝީދާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީއިން ބޭއްވުނު ރިޔާސީ ޕްރައިމަރީ އަށްފަހު، ރައީސް ނަޝީދު އިސްވެ ހުންނަވާ، މިހާރުގެ ސަރުކާރު ބަދަލުކުރުމަށްކަމަށް ބުނެ، އިދިކޮޅު އެއްކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވުނެވެ. އެހެންނަމަވެސް، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުނީ އެއްބަސްވުމަކަށް ނާދެވި، ހުރިހާ ސިޔާސީ ޕާޓީ ތަކުންވެސް އަމިއްލައަށް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިގެންނެވެ.

މީގެ އިތުރުން، މިއިންތިހާބުގައި ކޯލިޝަނަކާއެކު ވާދަކުރައްވާ ހަމައެކަނި ރިޔާސީ ކެނޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމްޑީޕީގެ ކޯލިޝަންގައި އެޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!