ވޯޓު ކަރުދާހުން ފާހަގަ ވެއްޓި، ފާހަގަ ދުވާ ކަމަށް ބުނި މުއާޒު ވެސް އެމްޑީޕީއަށް ސޮއި ކޮށްފި
ދެންމެ | 07 ސެޕްޓެމްބަރ 2023
ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުުއާޒް އަލީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މުއާޒު އެމްޑީޕީއަށް ސޮއިިކުރެއްވީ ރޭގެ ވަގުތެއްގައެވެ.އެމްޑީޕީއަށް ސޮއިިކުރެއްވުމަށްފަހު، މުއާޒު ވިދާޅުވީ އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދެއްވާ ގައުމެއްގެ ގޮތުގައި ބާކީނުވާކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދުނިޔެއަށް ދައްކުވައިދެއްވައިފި ކަމަށެވެ. މުއާޒު ވިދާޅުވީ އޭނާ ނިކުމެ ހުންނެވީ ރައީސް ސާލިޙަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ.

މުއާޒަކީ މީޑިޔާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަށްވާފައިވާ ބޭފުޅެކެެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ކަން ކުރެއްވި މުއާޒު އެންމެ ފަހުން ހުންނެވީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ ޕާޓީ މޯލްޑިވިސް ތާޑްވޭ ޑިމޮކްރަޓިކްސް ޕާޓީ އެމްޓީޑީގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!