އަމްރް ހިފެހެއްޓުމެއް ނެތް ތައުރީފް ޓިމޮކްރެޓިކް މެމްބަރުންނަށް
ދެންމެ | 09 ސެޕްޓެމްބަރ 2023

މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއާ ބައިވެރިވެ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓް ހުސައިން ޢަމްރޫ ރަޝާދު ޝުކުރުއަދާކުރައްވައިފިއެވެ.

ޢަމްރޫ ވިދާޅުވީ، ”އަޅުގަޑުމެނާ ބައިވެރިވެ ވަޑައިގަތް އަދި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ މީ އާ ފެށުމެއް،“ ކަމަށާއި އަދި ”އަޅުގަޑުމެން ދާނީ ކުރިޔަށް،“ ކަމަށެވެ.

ޢަމްރޫ ވިދާޅުވީ، ”މިއަދާ ހަމަޔަށް ދަ ޑިމޮކްރެޓްސް ކުރި ހަލުވި ކެމްޕޭންގެ ކޮންމެ ކާމިޔާބީއެއް، ޚާއްސަކޮށް ޕާޓީ އުފެދިގެން އެންމެ 2 މަސްތެރޭ، ހާސިލްކުރެވުނީ ސެންޓްރަލް އަދި އަތޮޅުތަކުގެ އަދި ރަށްރަށުގެ ކެމްޕޭން ޓީމްތަކުގެ ބުރަ މަސައްކަތުން،“ ކަަމަށެވެ.

މީގެ އިތުރުން “ ޚާއްސަކޮށް ކެމްޕޭން ކޯޑިނޭޓަރުންނާ، މެންބަރުންނާ، ދޮރުން ދޮރަށް އަޅުގަޑުމެނާ އެކު ވަރުބަލި ކަމެއްނެތި ހިންގެވި ބޭފުޅުންނާ، ކުޅަދާނަ ކޮންޓެންޓް ކްރިއޭޓަރުންނާ، އަދި ކެމްޕޭން މުޅި ރާއްޖެއަށް ފަތުރާލަދިން މީޑިޔާ އަދި ސޯޝަލް މީޑިޔާ ޓީމްތަކަށް ހުއްޓުމެއް ނެތް ޝުކުރު ދަންނަވަން،“ ކަަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ރޫޅި، ދެބައިވެ އެއިން ނުކުމެގެން މިފަހަރުގެ އިންތިޚާބުގައި ވާދަކުރި ޢުމުރުން ވަރަށް ހަގު ޑިމޮކްރެޓުން ވަނީ، ދުވަސްވީ ބޮޑެތި ޕާޓީތައް ފަހަތައް ޖައްސާލައި މި އިންތިޚާބުގެ ތިން ވަނަ ހޯދައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!