ރަންތަރި ގުރުއާން މުބާރާތް މެޑަމް ސާޖިދާ ސަރަފްވެރި ކޮށްދެއްވައިފި
ދެންމެ | 13 އޭޕްރިލް 2024
ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފަ އެވެ.

އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ.

މި މުބާރާތުގައި ޖުމްލަ 1500 ދަރިވަރުން ވާދަކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!