ހުޅުމާލޭގައި 2 މިސްކިތް ބިނާ ކިރުމަށް ބިން ހަވާލުކޮށްފި
ދެންމެ | 15 އޭޕްރިލް 2024

ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރަން ދެ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހަވާލުކޮށްފި އެވެ.

ބިން ދޫކުރި މި ދެ މިސްކިތަކީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކިތަކާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތެކެވެ.

މި ދެ މިސްކިތަށް ބޭނުންވާ ބިން މިނިސްޓްރީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

އެޗްޑީސީން މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން 27،920 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވާއިރު، ހުޅުމާލޭ 3 ވަނަ ފިޔަވަހިން 21،952 އަކަފޫޓޫގެ ބިމެއް ވަނީ ދޫކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!