އަޅުގަނޑު ވެރިކަމުގައި ފުލުހުން އަނިޔާ ކުރީ އޯޑަރަށް: ރައީސް އިބުރޭ
ދެންމެ | 16 އޭޕްރިލް 2024
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ސުލްޙަވެރި މުޒާހަރާތައް ރޫޅާލަން ނުބަދަލު ބާރުގެ ބޭނުން ފުލުހުން ކުރީ އެމަނިކުފާނުފެ އޯޑަރަށް ކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަދެއްކެވީ، މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ކެމްޕެއިން ޙަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ފުލުހުންނާއި ސިފައިން އަމަލުކުރާނީ މަތިން އަންނަ އޯޑަރަށް ކަމަށާއި، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގެ ތެރޭގައި ހިނގައިދިޔަ ކަންތައް ފުލުހުންގެ އިސްވެރިންނާއި، މިނިސްޓަރާއި، ރައީސްއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށެވެ.

ރައީސް ޞާލިޙް އެމަނިކުފާނުގެ ވެރިކަމަށް އިޝާރަތްކުރައްވައި ވިދާޅުވީ، ރާއްޖޭގައި ރައީސްކަން ކުރެއްވި މީހެއްގެ ހައިސިއްޔަތުން ފުލުހުންނާއި ސިފައިން އަމަލުކުރާނީ މަތިން އޯޑަރަށްކަން ޔަގީންވާ ކަމަށެވެ.

”ރޭގެ (ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް އިޝާރާތްކުރައްވައި) މާލެއިން ފެނިގެން އެ ދިޔައީ 2024 ވަނަ އަހަރު ފެންނަން ޖެހޭ މަންޒަރެއް ނޫން. ކަންބޮޑުވާން ޖެހޭ ކަމެއް އެއީ. އަނެއްކާ އެއާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން މާ ބޮޑަށް ކަންބޮޑުވޭ،“ ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ފުލުހުންގެ ފަރާތުން ކުރިމަތިވި ހުރަސްތަކަށް ޢިޝާރަތްކުރައްވައި، ޞާލިޙް ވިދާޅުވީ ނޭނގޭ ކަމަށް ވިދާޅުވެ ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސް އެޅުމުން އެނގިގެންދަނީ ވަރަށް ކައިރިން ފާރަލާން ޖޭހޭކަން ކަމަށެވެ.

ޕީއެންއެފް މިމަހުގެ ނުވަވަނަ ދުވަހުގެރޭގެ މަންޒަރަކީ ޑިމޮކްރަސީގައި ރާއްޖެ މިހާރު އާދެވިފައިވާ ހިސާބުން އެއްގޮތަކަށް ވެސް ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

”ރޭގެ މާލެއިން ފެނިގެން އެ ދިޔައީ 2024 ވަނަ އަހަރު ފެނިގެންދާންޖެހޭނެ މަންޒަރެއް ނޫން. އަޅުގަނޑު މި ދެންނެވީ ރާއްޖޭގެ ޑިމޮކްރަސީއަށް މި ކުރި ދަތުރުގައި މިހާރު އާދެވިފައި މި އޮތީ މި ހިސާބުގައި އެއްގޮތަކަށް ވެސް ފެނިގެންވާނެ މަންޒަރެއް ނޫން،“ ޔާމީންގެ ޕީއެންއެފް އުފެއްދުމަށް ނުވަވަނަ ދުވަހުގެ ރޭ ފުލުހުން ޢަމަލުކުރި ގޮތަށް ޢިޝާރާތްކުރައްވައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުން ތިބީ ޑިމޮކްރަސީ ގަބޫލުކޮށްގެންކަން ފާހަގަކުރައްވާ ޞާލިހު ވިދާޅުވީ މިއަދު ޕާޓީ ފިކުރާއި، ހިޔާލުތަފާތުވުންތަކާއި، ޕާޓީ ނިޒާމު ނުހުއްޓުވޭނެ ކަމަށާއި، ސަރުކާރަށް ކުރިއަށް ދެވޭނީ އެކަމަށް ޖާގަދީގެން އެކަން ޤަބޫލުކޮށްގެން ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އޭރުގެ އިދިކޮޅުން އިސްނަގައިގެން ހިންގި ސުލްޙަވެރި ޙަރަކާތްތައް ރޫޅާލުމަށް ފުލުހުން އެތައް ފަހަރަކު، ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވެއެވެ.  އެގޮތުން، ޚާއްޞަކޮށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން ބޭއްވި މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވެއެވެ. އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އޭރު އެ ކޯލިޝަނުން އިންތިޒާމުކޮށްގެން ބޭއްވި އިންޑިޔާ އައުޓް ކެމްޕެއިން ޙަރަކާތްތައް ރޫޅާލުމުގައި ވެސް އެފަދައިން ޢަމަލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!