ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ އައްޔަންކުރައްވައިފި
ދެންމެ | 18 އޭޕްރިލް 2024

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުން، ވައިސް ޗީފަކަށް ހުންނެވި ހިލްމީ ސިފައިންގެ ޗީފަކަށް ހަމަޖައްސަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.

ސިފައިންގެ ޗީފަކަށް ހިލްމީ އައްޔަންކުރެއްވުމުން ވައިސް ޗީފަކަށް އައްޔަންކުރެއްވީ މެރިން ކޯގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސެވެ.

ޖުމުލަ ތިރީސް ނުވަ އަހަރުގެ ހިދުމަތަށް ފަހު އަބްދުއްރަހީމް ސިފައިންގެއިން ރޭ ރިޓަޔާ ކުރެއްވީ އުމުރުން އިއްޔެ 60 އަހަރު ފުރުމުންނެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، އެ އިދާރާގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!