20 ވަނަ މަޖިލީސް ޖާބިރުގެ ފަރި ހަރަކާތްތަކުން މަހްރޫމް ވެއްޖެ
ދެންމެ | 22 އޭޕްރިލް 2024

ކ. ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލި އަބްދު ﷲ ޖާބިރު އާއި އދ. އަތޮޅު މަހިބަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި އޭނާގެ ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރުއަށް ވެސް ރައްޔިތުން މަޖިލީހުގެ ގޮނޑި ނާކާމިޔާބު ވެއްޖެ އެވެ.

އިއްޔެ ކުރިއަށް ދިޔަ މަޖިލިސް އިންތިޙާބުގައި ކުރީގެ ކާށިދޫ ދާއިޜާގެ މެމެބަރަު ޖާބިރު އަށް ބޮޑު ބައްޔެއް ކުރިމަތިވި އިރު ޖާބިރުގެ ދަރިފުޅުވެސް ވަނީ މިއިންތިހާބުގައި ވާދކުރައްވާ ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައެވެ.

 

ޖާބިރު ވަނީ މީގެ ކުރިން އެމްޑީޕީ ޓިކެޓްުގައި މަޖިލީހަށް ވާދަކުރައްވާފައެވެ. ނަމަވެސް އަޙުލާގީ މައްސަަލަ އެއް ގައި ޖާބިރު އެމްޑީޕީން ވަކިކޮށް ޕާޓީގެ ޓިކެޓް އަތުލުމުން ޖާބިރު ވަނީ އެދާއިޜާ އަށް އަމިއްލަ ގޮތުން ޥާދަކުރައްވާފައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް މުންތަސިމް އިބްރާހިމް އެވެ. މުންތަސިމްއާއި ވާދަވެރިކޮށް އުޅެނީ އެދާއިރާ އަށް އެމްޑީޕީ ޓީކެޓުގައި ވާދަކުރެއްވި އަބްދު ﷲ ނަސީރު އެވެ.

 

ތިން ވަނައިގައި އުޅުއްވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވި އަބްދުﷲ ޖާބިރު އެވެ.

 

އދ. އަތޮޅުގެ މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާކު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓު އަހުމަދު ތާރިގު އެވެ. އެދާއިރާގައި ދެން ވާދަ ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި މުއާޒު އެވެ.

 

މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ތާރިޤުއަކީ، މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ މެމްބަރު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!