މަޖިލީސް ރައީސްގެ މަގާމް މަސްވަރާތައް ކުރިއަށް އެބަދޭ: ސަރުކާރު
ދެންމެ | 28 އޭޕްރިލް 2024

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހޮވާނެ ބޭފުޅެއް ކަނޑައެޅުމުގެ މަޝްވަރާތައް ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ނެގީ ޕީއެންސީން ނެވެ.

އަދި އިންތިހާބަށް ފަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މިނިވަން މެމްބަރުންނާއެކު ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 74 ކަށް އަރައިފަ އެވެ.

އެހެންވެ މަޖިލީހުގެ ރައީސްގެ މަގާމަށް ކަނޑައަޅާނެ ކަމަށް ޔަގީން ވަނީ ޕީއެންސީގެ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!