ލޭންޑިން ކުރާފްޓެއް ބަންޑުންޖަހާލައި މީހަކު ގެއްލިއްޖެ
ދެންމެ | 30 އޭޕްރިލް 2024

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި، އެ އުޅަނދުން ދަތުރުކުރި ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

 

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ، އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

 

އެ ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާ ކަމަށް ސިފައިން ބުންޏެވެ.

 

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓާ ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!