މާމުއި މޫނަށް އަޅާލަން ވަރަށް ފައްކާ.
ދެންމެ | 06 ޖޫން 2022

މާމުތަކީ ފައިދާ ހުރި އެއްޗެއްކަން އެނގުނަސް، މޫނުގައި މާމުއި އުނގުޅުމަކީ ކިހާ ފައިދާ ހުރި ކަމެއްކަން ފަހަރުގައި ނޭނގި އޮވެދާނެ އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ފައިދާތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.ފުރަތަމަ ކަމަކަށް، މާމުތަކީ މޫނު ސާފުކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.

މާމުތުގައި ހުންނަ އެންޓިއޮކްސިޑެންޓްސް އާއި އެންޓިސެޕްޓިކް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުގެ ސަބަބުން މޫނު މަތީގައި ނަގާ އޮށާޅަ ފިލުމާލުމަށް އެހީތެރިވެ، ބްލެކް ހެޑްތައްވެސް ފިލުވާލަ އެވެ.މާމުތަކީ އެކްސްފޯލިއެޓާއެއްގެ ގޮތަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިގޮތަށް މާމުއި ބޭނުން ކުރަން ބޭނުން ނަމަ، މޫނު ރީތިކޮށް ދޮވެލުމަށްފަހު މޫނުގައި މާމުއި އުނގުޅާށެވެ. އަދި 8 ނުވަތަ 10 މިނެޓު ބެހެއްޓުމަށް ފަހު، ތާފަނާ ފެނުން މޫނު ދޮވެލާށެވެ. މޫނު ކަހާ، ހިރުވާނަމަ މީގެ ސަބަބުން، އެކަމަށް ހައްލެއް ލިބޭނެ އެވެ. މޫނު މޮއިސްޗަރައިޒް ކުރަން ބޭނުން ނަމަވެސް މާމުއި ވަރެއް ނެތެވެ.

މާމުތުގައި ހުންނަ އެންޓި އޮކްސިޑެންޓުތަކުގެ ސަބަބުން، ހަންގަނޑު މޮއިސްޗަރައިޒްކޮށް އޮމާން ކޮށްދެ އެވެ. އަދި މާ ބޮޑަށް ހަށިގަނޑު ހިކުމުން ސަލާމަތް ކޮށްދެ އެވެ.އުމުރުން ދުވަސްވާ ކަމުގެ ނިޝާންތައް މޫނުމަތިން ފިލުވާލުމަށްވެސް މާމުތަކީ ރަނެއް ފަދަ އެއްޗެކެވެ.

މާމުތުގައި ހުންނަ އެންޒައިމްތަކާއި ނިއުޓްރިއެންޓުތައް އަދި އެންޓި އޮކްސިޑެންޓުތަކުގެ ސަބަބުން، މޫނުމަތި ހަލާކުވެފައި ހުންނަ ކަމުގެ ނިޝާންތައް ފިލުވާލައި ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް އެހީ ވެދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!