ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރު ކާމިޔާބު ކުރާނީ ލޮނދިކޮށް: ފަލާހް
ދެންމެ | 06 އޯގަސްޓް 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނީ މި ފަހުން ރާއްޖޭގައި ދެ ދައުރު ފުރިހަމަ ކުރައްވާ ހަމައެކަނި ރައީސަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވީ، މިދިޔަ ސަރުކާރުން މުޅި ގައުމު އޮތީ ”މަރާލާފައި“ ކަމަށެވެ.

ނަމަވެސް، ރައީސް މުޢިއްޒު ގެންދަވަނީ ގައުމުގެ ކަންކަން އަލުން ކޮޅަށް ނަގައި ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުން ރައީސް އާއިއެކު ތިއްބެވުމަށް ފަލާޙް އެދިވަޑައިގެންނެވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ގެއްލުމެއް ދަތިކަމެއް ވެދާނެ ކޮންމެކަމަކަށް ރައީސް ވިދާޅުވާނީ ނޫނެކޭ ކަމަށެވެ.

އަދި އެމަނިކުފާނު މިހާރު އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން، އެމަނިކުފާނު ވެގެންދާނީ މި ފަހުން ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާ ހަމައެކަނި ރައީސަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ، ރައީސަށް ދެވަނަ ދައުރެއް ލިބިގެންދާނެކަމުގެ ޔަގީންކަން ލިބެނީ މިހާރު ވެސް ރައްޔިތުން އެމަނިކުފާނަށް ދެއްވަމުން ގެންދަވާ ތާއީދުން ކަމަށެވެ. އެގޮތުން އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ކާމިޔާބު ކުރާނީ ރައީސް ޑރ. މުޢިއްޒުގެ ޓީމުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!