ބަގުރޫޓު ފައްޔާޒު އެކަނި ދައުލަތުން 250 މިލިޔަނަށް ވުރެ، ގިނައިން ކައްވާލި!
ދެންމެ | 16 އޭޕްރިލް 2024

ރައީސް އިބުރޭގެ ވެރިކަމުގައި އެންމެ ބޮޑު ވައްކަމާއި ކަރަޕްޝަން ހިންގާފައިވާ ފަރާތަކީ އެސަރުކާރުގެ އެކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި ބަގުރޫޓް ފައްޔާޒުކަން އެއީ ސައްކު ހިނގާމެއް ނޫނެވެ.

އެމްޑިޕީގެ ކޮންޓްރޯލް ނެގުމަށާއި ރައީސް ނަސީދު އެމްޑީޕީން ބޭރުކުރުމަށް ބަގުރޫޓް ފައްޔާޒު ވަނީ އެތައް ޖަރީމާތަކެއް ދައުލަތް ބޭނުން ކޮށްގެން ހިންގާފަ އެވެ. މިގޮތުން 19 ވަނަ ރައްޔިތުން މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް ދައުލަތުގެ އެކިއެކި ކުންފުނިތަކުން ގިނަ އަދަދެއް   ގެ ފައިސާ ނަނގާފައިވާކަށް މިހާރު ދައުރުވަމުންދާ ލިޔެކިޔުންތަކުން ހާމަވެއެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ބަގުރޫޓް ފައްޔާޒުގެ އާއިލީ މ. ހިޓްލްހަޓް އަހުމަދު އަދުލީގެ ކުންފުނިތަކަށް އެމްޓީސީސީ އާއި އާރުޑީސީ އަދި ސްޓެލްކޯގެ ތެރެއިން 220 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނަނގާފައިވާކަން މިހާރު ދެންމެ އަށް ލިބިފައވާ ސިއްރު ލިޔުންތަކުން ހާމަވެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހާއި ދިމާކޮށް ފައްޔާޒުގެ އަމިއްލަ ކުންފުނި ބިގް ކުންފުނި މެދުވެރިކޮށް 30 މިލިޔަން ރުފިޔާ ވަނީ ދަމައިގެންފަ އެވެ. މީޑިޔާއަށް ލީކުވެފައިވާ މައުލޫމާތުތަކުން ކަށަވަރުވެފައިވާ ގޮތުގައި މިފައިސާގެ ތެރެއިން ބޮޑުބައެއް ވަނީ 19 ވަނަ ރައްޔިތުން މަޖިލީހުގެ ކެމްޕޭނަށް ހަރަދުކޮށްފަ އެވެ. މީގެ އިތުރުން ކެމްޕޭނަށް ހަރަދުކުރުމަށް ފައިސާ ދިނުމަށް ސަތުރުކޮށް ފައްޔާޒުގެ ގާތް ކުންފުނިތަކަށް ސަރުކާރުގެ އެކިއެކި އެސްއޯއީ ތަކުން ގިނަ އަދަދެއްގެ ފައިސާ ވަނީ ބޭރުކޮށްފަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް މޫކައި ސުވީޓް ހޮޓަލްގައި ބަގުރޫޓް ފައްޔާޒު ގާއިމްކޮށްފައިވާ އޮފީހުން ގިނަ އަދަދެއްގެ ފައިސާ ނަގުދުން ބަހާފައިވާއިރު، މި ރިސްވަތު ފައިސާ ބެހުމަށް އިސްކޮށް އަމަލީ ގޮތުން ހަރަކާތްތެރިވެފައި ވަނީ މިހާރު އިސްދޫ ދާއިރާއަށް ކުރިމަތިލާފައިވާ ފައްޔާޒު ބޯއީ ސުހާދެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!