ދިވެހި ފައިސާ ތޮށިން ބޭރަށް ވިއްކަން އެމްއެމްއޭއަށް ފަސް މެނޭޖިންގ ޑިރެެކްޓަރުން ހޯދަން އިއުލާންކޮށްފި
ދެންމެ | 09 އޯގަސްޓް 2024

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ބޭންކުން މިއަދު ކުރި އިއުލާނެެއްގައި ބުނީ ފަސް މެނޭޖިން ޑިރެކްޓަރުންގެ ބޭނުންވަނީ ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުންކަމަށެވެ. އަދި މި މަގާމުތަތަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް މަގާމުތަކެއްކަމަށްވެސް އެމްއެމްއޭއިން ކުރި އިއުލާންގައިވެއެވެ.

 

އަލަށް އުފެއްދި އެމްޑީން ހޯދާ ދާއިރާތައް

 

މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް

ފައިނޭންޝަލް ސްޓެބިލިޓީ

ބޭންކިންގ އޮޕަރޭޝަންސް

ކޯޕޮރޭޓް ސަރވިސަސް

ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް

މި މަގާމުތަކުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަދުވަހުގެ 13:00ގެ ކުރިން ހުށައެޅުމަށް މަރުކަޒީ ބޭންކުން ވަނީ ހުޅުވާލާފައެވެ. މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ.

އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުން އުފައްދާފައި މިވަނީ ގަވަރުނަރުކަމާއި އަހްމަދު މުނައްވަރު ހަވާލުވެޑައިގެން އެތަނުގެ އޮނިގަޑަށް ގެނައި ބަދަލާއިއެކު އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލުމަށް ފަހުއެވެ. މި ބަދަލު ގެނައީ އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް އެ ބޭންކު ބަދަލުކުރުމުގެ ބޭނުމުގައިކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލުމާއި އެކު އެ މަގާމުގައި ތިއްބެވި ބޭފުޅުން އެޑްވައިޒަރުންގެ މަގާމަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އެސިސްޓެންޓް ގަވަރުނަރުގެ ގޮތުގައި މި ވަގުތު އެމްއެމްއޭގައި ތިން ބޭފުޅުން ތިއްބަވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!