ބިދޭސީންގެ އަޅުވެތިކަމުން މިވަތަނާއި ދިވެހި ދަރިން ސަލާމަތް ކުރަން ރައީސް ޑރ. މުއިއްޒު ކުރައްވަނީ ގައުމީ ޖިހާދެއް ކަމީ މިއަދު ސުވާލު އުފެދޭނެ ކަމެއް ނޫނެވެ.
ރައީސް އިބުރާހިމް ނާސިރުގެ ވެރިކަމުގައި ވޯރާ ވިޔަފާރިވެރިން ގައުމުން ފައްސާލުމަށް އެމަނިކުފާނު ހިންގެވި މަތިވެރި މަސައްކަތް މިއަދު އާލާވެގެންދާ ކަމީ ހަގީގަތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ތަހުތަށް ރެދެލި ކުރެވުނު އިރު ދިވެހި ގައުމު ވަނީ ދުވަހަކު ވެސް ނުދެކޭފަދަ އަދިރި ބިރުވެރި ހާލަކަށް ވައްޓާލާފަ އެވެ. އިގްތިސާދު މުޅިން ފުޑުފުޑު ކޮށްލާފައިވާއިރު ނަގާފައިވާ ބޮޑެތި ލޯނުތަކުން ގައުމަށް ހިތްދަމާލެވޭނެ ދުވަހެއް ނޭނގެ އެވެ.
ގައުމުގެ އާއްމު ވިޔަފާރިތަކާއި އެހެންވެސް ކުދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗައް ބިދޭސީންގެ ބާރު ވަނީ އިންތިހާއަށް ގަދަކޮށްފަ އެވެ.
ގާނޫނާއި ހިލާފަށް ގައުމުގައި އުޅެމުންދާ ބިދޭސީންގެ މައްޗައް ގާނޫނެއް ގަވައިދެއް ތަންފީޒު ކުރާނެ އިދާރާއެއް ނެތެވެ. ދިވެހި ގައުމެކޭ ގާނޫނު ތަންފީޒު ނުކުރާ އެފްރިކާ ބައްރުގެ ގައުމަކާއި ހަމައެއް ވެސް ތަފާތެއް ނެތެވެ.
ދިވެހި ގައުމުގެ ފްޑް އިންޑަސްޓްރީގެ މައިގަނޑު ކޮންޓްރޯލް ބިދޭސިން ހޯދާފައިވާއިރު ސައި ހޮޓާތަކާއި ކާބޯތަކެތި އުފައްދާ ކުޑަކުޑަ ބަދިގެތަކާއި އެކު ޑެލިވަރީ ސާވިސްގެ ހިދުމަތް ވެސް އެމީހުން ވަނީ ފަށައި ކޮންޓްރޯލް ވަނީ ހޯދާފަ އެވެ.
ލޯކަލް މާރުކޭޓްތަކާއި ދަނޑުވެރިކަމުން އުފައްދާ ބާވަތްތަކާއި ދަނޑުތަކުގެ ފުރިހަމަ ކޮންޓްރޯލް ވެސް ބިދޭސީން ވަނީ ހޯދާފަ އެވެ.
ދިވެހި ދައުލަތަށް ޓެކްސް ދެއްކުމެއް ނެތި ގައުމުގެ މައިގަނޑު އާއްމު ވިޔަފާރިތަކުގެ ފުރިހަމަ ކޮންޓްރޯލެއް ބިދޭސީން ހިއްސާ ކުރާ ކަމީ ހަގީގަތެވެ.
ހޯމް މިނިސްޓަރ އިހްސާނު އިސްކޮށް ހުންނަވާ ސީދާ ރައީސް ޑރ. މުއިއްޒުގެ އަމުރަށް ހޮނު ގުގުރިއެއްފަދަ ބަރަށް ކުރިއަށް ފައްޓަވާފައިވާ ބިދޭސީންގެ ޕްރޮގްރާމް ފެށިގެން ދުވަސްތަކެއް ވެފައިވާއިރު މިއަދު ދިވެހިންނަށް ކަމުގެ ނުރައްކާތެރިކަން ވިސްނެއް ފަށައިފި އެވެ.
ދިވެހިން ދުފާލާ ފޯއް ކޮޅާއި ކަންމަތީ ފިހާރައިން ކުޑަދަރިފުޅަށް ގަނެލާ ބާރގަރ ވެސް އެއީ ބިދޭސީއެއް މުޑުދާރުކަމުން އުފައްދާ ފަކުރުތަކެތިކަން މިއަދު ދިވެހިންނަށް ސާފްވެއްޖެ އެވެ.
ވޭތުވެދިޔަ އެތައް ސަރުކާރުތަކުން ދިވެހިރައްޔިތުންނަށް ވެފައިވާ މި ބޮޑު އިހްމާލް ރައީސް ޑރ. މުއިއްޒުގެ ހިތްވަރާއި ޖޯސުން އަޅުގަނޑުމެންނަށް ހާމަކޮށްދީފި އެވެ.
މިއަދު ދިވެހިންގެ ހިތުގައި އެމަނިކުފާނަށްޓަކައި ޖަހަނީ ސުކުރުވެރިކަމުގެ ވިންދެވެ. ލޮލުން އޮހޮރެވީ ޖަޒްބާތީ ގައުމީ ވަންތަ ކަރުނަ އެވެ. ދިވެހި ދިދައަށްޓަކައި މިއަދު ދިވެހިންނަށް ފަހުރުވެރިވާން އެމަނިކުފާނު އެބަ ދަސްކޮށްދެއްވަ އެވެ.