ކުރު މަހެއްގައި އަތްލިން ތަ!
ދެންމެ | 03 ސެޕްޓެމްބަރ 2024

ކުރުމަހަކީ އާންމުކޮށް ރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ މަހެކެވެ. މިމަހަކީ 3 ފޫޓާއި 5 ފޫޓުގެ ދިގުމިނަށް ބޮޑުވާ ކުދިކުދި ހުޅުނބުތަކެއް ހުންނަ މަހެކެވެ.

މަހުގެ މަތީބައިގައި ގަދަ ނޫކުލައާއި ގާތްކުރާ ފެހިކުލައެއް ހުރެއެވެ. މި މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 23 އާއި 27 ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގައި ވަކިވަކިން 8 ނޫނީ 9 ކުދިކޮތަރި ހުރެއެވެ. ޒަރާފާއެއް ގޮތަށް ހުރަހަށް ނޫކުލައާއި ރިހިކުލައިގެ ރޮނގުތަކެއް މިމަހުގެ ހުރެއެވެ. އަނގަ ބޮޑު މި މަހުގެ ތޫނު ދަތްތައް އުފެދިފައި ހުންނަނީ އެއްބަރިއަކަށް ވާގޮތަށެވެ.

މިމަހަކީ މިލަޔަނުން ބިސްދޫކުރާ މަހެއްކަމުން ވިހާ މޫސުމުގައި ވަރަށް ގިނައިން މި މަސް އާލާވެއެވެ. ގަޑިއަކު 48 މޭލުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން މި މަހަށް ލިބިގެންވެއެވެ. އުފެދިފައި ހުންނަގޮތުން މި މަހަކީ ޝިކާރަކުރުމަށް ވަރަށް ކުޅަދާނަ މަހެކެވެ. (އައި.ޖީ.އެފް.އޭ) ޓެކްލް ވޯލްޑްގައި ރެކޯޑް ކުރެވިފައިވާ ގޮތުން އެންމެ ބޮޑު ކުރުމަހުގެ ދިގުމިނުގައި 8 ފޫޓު 2 އިންޗި އަދި ބަރުދަނުގައި 83 ކިލޯ ހުރެއެވެ. މި މަސް ބާނާފައިވަނީ 2005 ވަނަ އަހަރު މެކްސިކޯގެ މަސްވެރިންތަކެކެވެ. މި މަހުގެ ކާނާ އަކީ ބޯވަދިލަމަހާއި ފުޅަނގި އަދި އެހެނިހެން ބާވަތްތަކުގެ މަސްމަހާމެއްސެވެ.

ކުރުމަހަކީ ދިވެހި މަސްވެރިން ވަދުއަޅައިގެން ބާނާ އާންމުކޮށް އެކިގޮތްގޮތަށް ތައްޔާރުކޮށްގެން ކެއުމުގައި ބޭނުންކުރަމުން އަންނަ މީރު މަހެކެވެ.

މައުލޫމާތު: ގައިޑެސްލީ.ކޮމް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!