ބުލޮކް ކުރުމުގެ ބާރާއިއެކު ’ކޭމް‘ ދާހިލީ ވުޒާރާގެ ދަށަށް ބަދަލު ކޮށްފި
ދެންމެ | 10 ސެޕްޓެމްބަރ 2024

ކޮމިއުނިމޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޒް ސޮއި ކުރައްވައި މިރޭ ނެރުއްވި ދެންނެވުމެއްގައި ވަނީ ކޮމިއުނިމޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ހިންގުން ހޯމް ލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ދެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ދާޚިލީ ވުޒާރާގެ ދަށަށް “ކޭމް” ބަދަލުކުރި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

“ކޭމް” މީގެކުރިން ހިންގަމުން ދިޔައީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!