މަހާއި އެކު ކުޅިވަރު ކުޅެން ދެ ވަޒީރުން މަސްވަރާތައް ފަށައިފި
ދެންމެ | 11 ސެޕްޓެމްބަރ 2024

ސްޕޯޓްސް ފިޝިންގެ ބޮޑު މަޝްރޫއު ފަށަން ދެ ވަޒީރުންގެ މަޝްވަރާތައް ފައްޓަވައިފިއެވެ.

ރާއްޖޭގައި ސްޕޯޓްސް ފިޝިންގެ ހަރަކާތްތައް އިތުރުކޮށް، އެކަމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

އެއާއެކު މަސްވެރިކަން ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީކުރަން އޮތީ ނިންމައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަޝްރޫއު ފަށަން އިއްޔެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ފިޝަރީޒް މިނިސްޓްރީން ނުދެއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވީ ސްޕޯޓްސް ފިޝިންއަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަޤްބޫލްވަމުން އަންނަ ކަމަށާއި އެހެންކަމުން ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މި ހަރަކާތްތެރިވާ ސްޕޯޓް ފިޝިންގ ކޮމިއުނިޓީގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް އެ ހާބަރުތަކަކީ ނުވަތަ ތަރައްގީކުރާ ތަންތަނަކީ އެ ފަރާތްތަކަށްވެސް ބޭނުންވާ ހައްލުތައް ލިބޭނެ ތަންތަންކަމުގައި ހެދުން ކަމަށެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!