ލޯބިވެރިޔާ އަށް ހަމަލާދިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
ދެންމެ | 12 ސެޕްޓެމްބަރ 2024

ބިދޭސީ ދެ ލޯބިވެރިއެއްގެ ދެމެދު ރޭ މާރާމާރީ ހިނގައިފި އެވެ.

އެކަމެއް ހިނގީ ރޭ ދަންވަރު 1:30 ހާއިރު ސޯސަން މަގުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންގްލަދޭޝްގެ ދެ މީހުންގެ ދެމެދު ހިނގި ޒުވާބެއް ހޫނުވެ ފިރިހެން މީހާ, ތަޅުދަނޑިއެއް ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެ މައްސަލާގައި ބިދޭސީ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!