ބީއެމްއެލަށް އައު ސީއީއޯއެއް ހޯދުމަށް އިޢުލާންކޮށްފި
ދެންމެ | 22 ސެޕްޓެމްބަރ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އައު ސީއީއޯއެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ބޭންކުން އައު ސީއީއޯއެއް ހޯދަން އިއުލާންކޮށްފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި ޗީފް އެގްޒެކެޓިވް އޮފިސަރު ކާލް ސްޓަމްކޭ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ބޭންކުން ކުރި އިއުލާނެއްގައި ބުނީ، އެ ބޭންކުގެ ސީއީއޯ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ބޭންކިންގ ނުވަތަ ފައިނޭންސް ދާއިރާއިން މާސްޓަރސް ޑިގްރީއަކާއި 15 އަހަރުގެ ތަޖުރިބާ ހިމެނެއެވެ.

ބީއެމްއެލްގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ސްޓަމްކޭ އިސްތިއުފާ ދެއްވާފައިވާއިރު، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހެދިއެވެ. އެހެން ނަމަވެސް ބޭންކުން އޭރު ނިންމި ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ޑޮލަރު ލިމިޓާއި ގުޅޭ ބަދަލުތައްް އަލުން މުރާޖާ ކުރުމުގެ ގޮތުން އެބަދަލު އަނބުރާ ގެނެސްފައިވާ އިރު ވަކި ގޮތެއް ކަނޑައަޅާނީ ބީއެމްއެލްގެ ބޯޑް މެމްބަރުންގެ ބައްދަލުވުމަކަށް ފަހުގައިކަމަށްވެއެވެ. އެގޮތުން ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މާދަމާ ހެނދުނު ބާއްވާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!