ޖަޕާނުގައި ދަނޑުވެރިކަން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
ދެންމެ | 24 ސެޕްޓެމްބަރ 2024

ދަނޑުވެރިކަމުގެ ދާއިރާ އިން ޖަޕާންގައި މަތީ ތައުލީމު ހާސިލު ކުރަން ސްކޮލަޝިޕް ފުރުސަތުތަކަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ) ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާޞިލުކޮއްފައިވުމާއި އަންނަ އަހަރުގެ އެޕްރީލް 1 އަށް އުމުރުން 35 ފުރިފައި ނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮއްފައިވުން، އޭޕްރީލް އަންނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެ އެވެ.

ސްކޮލަޝިޕަށް ހުޅަހެޅުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!