ތިލަމާލެ ބުރިޖު މަސައްކަތު މީހަކު ޒަހަމްތަކަކާއިއެކު މަރުވެއްޖެ
ދެންމެ | 01 އޮކްޓޯބަރ 2024

ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ޒަހަމްވެފައި އޮތް މީހަކު މިއަދު ފަތިހު އައިޖީއެމްއެޗަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. ފުލުހުން ބުނީ މަރުވީ ބުރިޖުގެ މަސައްކަތުގައި އުޅުނު އެފްކޮންސްގެ މުވައްޒަފެއް ކަމަށެވެ.

އެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އައިޖީއެމްއެޗުން ވެސް އެކަމާ ގުޅޭ ގޮތުން ބަހެއް ނުލިބުނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!