އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަން ބީލަން ހުޅުވާލައިފި
ދެންމެ | 02 އޮކްޓޯބަރ 2024

މާލޭގެ އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން ބީލަމަށް މިއަދު ބީލަމަށް ހުޅުވާކައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެ މިސްކިތުގެ މުންނާނަރު ކައިރީގައި މަސްގަނޑެއް ހަދަން ބޭނުން ވަނީ މިސްކިތަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ.

އެހެންވެ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން މި ލިންކް forms.office.com/r/7b3yb6Kfk4 މެދުވެރިކޮށް ރަަޖިސްޓްރީވާން ޖެހެ އެވެ.

މަސްފެންގަނޑު ހެދުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!