އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި
ދެންމެ | 07 އޮކްޓޯބަރ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ދައުވަތު ދެއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ދައުވަތު ދެއްވާފައިވަނީ އެމަނިކުފާނު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެ ޤައުމުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައެވެ.

އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ޑރ. މުއިއްޒު މި ދައުވަރު އަރުވާފައި ވަނީ އަންނަ އަހަރު ރާއްޖެއާއި އިންޑިއާއިން ޚާރިޖީ ގުޅުން ރަސްމީ ގޮތުން ޤާއިމްކުރިތާ 60 އަހަރު ފުރޭތީ އެ މުނާސަބާ ފާހަގަކުރުމަށެވެ.

މި ބައްދަލުވުގައި ރައީސް ވަނީ އިންޑިއާއާއެކު އިތުރަށް ގުޅުން ބަދަހިކޮށް ގާތުން މަސައްކަތްކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެގޮތުން އިންޑިއާއަކީ އިޖްތިމާއީ، އިޤްތިސާދީ ގޮތުން ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދިވެހި ރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. އޭގެކުރިންވެސް ދެޤައުމުގެ ދެމެދުގައި އެކިގޮތްގޮތުން ގުޅުން އޮތްކަން އެނގެން އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!