ރާއްޖެ އާއި އިންޑިޔާއާ ދެމެދު ކޮރަޕްޝަން ހުއްޓުވަން ސޮއިކޮށްފި
ދެންމެ | 08 އޮކްޓޯބަރ 2024

ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރާއްޖެ އާއި އިންޑިޔާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާގައި ސޮއިކުރީ، ރާއްޖޭގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި(އޭސިސީ) އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެޓިގޭޝަން(ސީބީއައި) އިންނެވެ. އެގޮތުން އެ ފަހުމުނާމާގައި ސޮއި ކުރީ މި މަހުގެ ހަވަނަ ދުވަހުއެވެ.

އެ ފަހުމުނާމާގައި ސޮއިކުރެއްވީ އޭސީސީގެ ފަރާތުން ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ސީބީއައި ގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޑިރެކްޓަރ، ޕްރަވީން ސޫދެވެ.

އެ ފަހުމުނާމާ ރަސްމީކޮށް ބަދަލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ބޭއްވި ފަހުމުނާމާ ބަދަލުކުރުމުގެ ރަސްމިއްޔާތުގައެވެ. އެގޮތުން އެ ފަހުމު ނާމާ ބަދަލުކުރެއްވީ ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝަހީބް އަދި އިންޑިޔާގެ މިނިސްޓަރީ އޮފް ހޯމް އެފެއާޒްގެ ބޯޑަރު މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ ޑރ.ރާޖެންދްރަ ކުމާރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!