ރައީސް ބޮލީވްޑްގެ ބައެއް ސްޓަރުންނާއި ބައްދަލު ކުރައްވައިފި
ދެންމެ | 08 އޮކްޓޯބަރ 2024

މުމްބާއީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮލީވުޑްގެ ބައެއް ސްޓާރުން ބައްދަލުކުރައްވައިފި އެވެ.

ރައީސްއާ ބައްދަލުކުރެއްވި ސްޓާރުންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް އާއި ސަނީ ކައުޝަލް އަދި އަރްބާޒް ހާން ހިމެނެ އެވެ.

މި ހުރިހާ ސްޓާރުން ވެސް މީގެ ކުރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ.

ރައީސް ޑރ. މުއިއްޒު އިންޑިޔާ ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ދައުވަތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!