ޒަރާ، ސިޔާމާއި އިނީ އިޝްގީ ލޯބިން ތަ! ނޫނީ ހަމަ މުދަލާއި ފައިސާއަށް ތަ!
ދެންމެ | 11 އޮކްޓޯބަރ 2024

އެންމެ ފަހުން ނިމިގެން ދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި މަޝްޙޫރު ނެށުންތެރިޔާ އަދި ރިތީގެ ރާނީ، އާމިނަތު ޒާރާއާ، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވަނީ އިއްޔެ ކައިވެނި ބައްލަވައިގެންފައެވެ.

ޝިޔާމް އަދި ޒާރާގެ މި ކައިވެނީގެ ގުޅުމުގެ ވާހަކަތަކަކީ މިއަދު ހުރިހާ މީޑީއާއެއްގައިވެސް އެންމެ ބޮޑަށް، އެންމެ ހޮޓްކޮށް ދެކެވެމުން އަންނަ އެއްވާހަކައަށް މިވަނީ ވެފައެވެ. މިކަމާއި ގުޅިގެން ތަފާތު ގޮތްގޮތައް ވާހަތައް ދެކެޗެމުން އަންނަ އިރު، ގިނަ ބަޔަކު ބުނަމުން ގެންދަނީ މި ދެމީހުންގެ މި ކައިވެންޏަކީ ހަޤީޤީ ލޯބީގެ ކައިވެންޏެއް ނޫންކަމުގައެވެ.

ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައްކާ ވާކަހަތަކަށް ބަލާއިރު، ޝިޔާމް އާއި ޒާރާގެ މި ކައިވެންޏަކީ މުއްސަނދިކަަމާއި ރީތިކަމުގެ މައްޗަށް ބިނާވެފައިވާ ބާޓާ ސިސްޓަމުން ކުރެވޭ ވިޔަފާރިއެއްގެ އުސޫލުން ކުރެވުނު ކައިވެންޏެއްކަމުގައެވެ. އަދި މިއީ ދެމީޙުންގެ ދެމެދުގައި އިޝްޤީ ލޯތްބަކުން ކުރެވުނު ކައިވެންޏެއް ނޫންކަމުގައެވެ.

މިވާހަތަކަށް ބާރުލިބޭ ގޮތައް ކަންކަތް ހިނގާފައި ވުމަކީ ވެސް ހަގީތަކަށް ވެދާނެއެވެ. އެހެނީ ޝިޔާމް އަދި ޒާރާ އަކީ މީގެ ކުރިން ދަންނަ ދެމީހުންނެއްވެސް ނޫނެވެ. އެ ދެމީހުން އެކަކުއަނެކަަމަށް ފެނިދެނިވެ އުޅެން ފެށީ ދާދި ފަހުންނެވެ. އެއީ މިދިޔަ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި ކުޅިވަރުތަކުގެ ތެރެއިން ރީތި ނެށުންތަކާއި އެކު ސޯޝަލް މީޑިއާގައި ޒާރާގއ ވިދުވަރު ގަދަވެގެން ދިޔަ ހިސާބުންނެވެ. އެހިސާބުން ޒާރާގެ ރީތިކަމުގައި ޖާދޫގައި ޖެހުނީކީ ހަމައެކަނި ޝިޔާމްއެއް ނޫނެވެ. ރާއްޖޭގެ އެތަކެއް ފިރިހެނުންނެއްގެ ހިތަކުގައި ޒާރާއާއި މެދު ލޯބިއުފެދިގެން ދިޔައެވެ.

އެތައް ފިރިހެނުންނެއް ޒާރާ ލިބޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މި މަސައްކަތުގައި ފެނިގެން އެ ދިޔައީ މުއްސަނދިކަމާއި ފަގީރުކަމާއި ހުރި ތަފާތެވެ. ކަމަދޫން ރީތިކަމުން މަޝްހޫރުވި ޒާރާގެ މި ކައިވެންޓަކީ ބޮޑު އަގުދީފައި ޝިޔާމްގެ ވިޔަފާރިން ގަތް ކައިވެންޏެއްކަމަށް ގިބަ ޔަކު ބުނަމުން ދަނީ ވެސް ސަބަބުތަކެއް ހުރީމައެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުން މި ކަައިވެނީގެ އަގަކީ ދެ ފްލެޓެވެ.

ކޮންމެ އަކަސް ބެލެވޭގޮތުގައި މި ކައިވެނިން ދެމީހުން ގުޅުވާލުން، މިކަމުގެ ތެރޭގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ ޝިޔާމްގެ މުއްސަނދިކަމެވެ. އަނެއްކަމަކީ ރާއްޖޭގެ މަޝްޙޫރު ވިޔަފާރިވެރިޔަކަށް ވުމެވެ. ދެން އޮތް ކަމަކީ ރަްޔިތުން މަޖިލީހުގެ މެމްބަރަކަށް ޝިޔާމް ވުމެވެ. ގިން މީހުން ގަބޫލުކުރާ ގޮތުގައި މިއީ މި ކައިވެނީގެ އަސްލެވެ.

އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނީގެ ހަފުލާ އިއްޔެ ހަވީރު ބޭއްވީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ.

މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ސިޔާމަކީ އަހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާގެ ރިސޯޓަކަށް ވެސް މީގެ ކުރިން ވަނީ އަހެއް ގެނެސްފަ އެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ މިއީ ޝިޔާމް އަދި ޒާރާގެ ހަގީގީ ލޯބިން ގުޅުވާލި ކައިވެންތޯއެވެ.؟ ނުވަަތަ ވިޔަފާރި އުސޫލުން ގަނެވިކިގެން ދިޔަ ކައިވެންތޯއެވެ.؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!