މާފު ނުކުރާނަމަ ދިރިއުޅުމުގެ އުފާވެރިކަމެއް ނެތް!
ދެންމެ | 14 އޮކްޓޯބަރ 2024

މާފުކުރުމާއި ނުލައި އެއްވެސް މީހެއްގެ ޙަޔާތް މުސްތަޤިއްރެއް ނުވާނެއެވެ. ހަމައެއް ނުޖެހޭނެއެވެ.

މިސާލަކަށް ބުނާނަމަ މާފުކުރުމާއި ނުލައި އެއްވެސް ދެމަފިރިއެއްގެ ޙަޔާތް ހަމަޖެހިގެން ކުރިއަކަށް ނުދާނެއެވެ. “ ހަމަމައިންބަފައިންނާއި ދަރިންނާއި ދެމެދުގައި އޮންނަ ގުޅުން ކުރިއަކަށް ނުދާނެ މާފުކުރުމާއި ނުލައެއް. މާފުކުރުމާ ނުލާ މުޖުތަމައުގަ އެއްބައަކު އަނެއް ބައަކާ އޮންނަ ގުޅުމެއްވެސް ކުރިއަކަށް ނުދާނެ. އަދި ވެރިންނާ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ފުޅުން ވެސް ކުރިއަކަށް ނުދާނެ މާފުކުރުމަކާ ނުލާ!“

އެހެނީ މާފުކުރުމާއި ނުލައި ކޮންމެ މީހަކު އެމީހެއްގެ (އެމީހަކަށް ލިބެން ޖެހޭ ހުރިހާ ޙައްޤުތަކެއް ހޯދަން ފަށައިފިނަމަ މުޅި މުޖުތަމައުގައި އޮންނާނީ ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން އުފެދިފައެވެ. އެއްބައަކު އަނެއް ބައަކާއި އަނގައިން ނުބުނެ ގުޅުން ކަނޑާފައެވެ.

ވީމާ މާފުކުރުމަކީ މުޖުތަމައުއަށް ވަރަށް މުހިންމު ކަމެކެވެ. މާފުކުރުމާއި ނުލައި ފަރުދީ ފެންވަރުގައި ވެސް ޢާއިލީ ފެންވަރުގައިވެސް އަދި މުޖުތަމައުގެ ފެންވަރުގައިވެސް އެއްވެސް ފަރުދަކަށްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!