ސިޔާސީ މަގާމު މަދުކުރުމަކީ ރައީސްގެ ގައުމީ ލޯބި އުތުރިއަރާކަމުގެ ހެއްކެއް: މުހްތާޒް
ދެންމެ | 15 އޮކްޓޯބަރ 2024
ސިޔާސީ މަގާމުތައް މަދުކުރަން ރައީސް ޑރ މުހައްމަދު މުއިއް ނިންމެވި ނިންމެވުމަކީ އެމަނިކުފާނު ގައުމު ދެކެ ލޯބިފުޅުވާކަން އަންގައިދޭ ހެއްކެއް ކަމަށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.

ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކިކިރަން ނިންމިކަން ރަޢީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ބައެއްގެ ގޮތުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެކި ސަރުކާރުގެ މިނިސްޓްރީތަކުން 228 ސިޔާސީ މަޤާމުތައް އުވާލުމަށް އަންގާވާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން 5.71 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސަޑަރު މުހްތާޒް މުހްސިން ވިދާޅުވީ ރައީސްގެ ނިންމެވުމުން ދޭހަވަނީ އެމަނިކުފާނުގެ ދިވެހި ގައުމު ދެކެ ލޯބިވާ މިންވަރުކަމަށެވެ.

“ ކުރީސަރުކާރުގެ ދޯދިޔާ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ހީނަރުވެފައިވާ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން، ދުއިސައްތަ އެތަކެއް ސިޔާސީ މަގާމު ހުސްކުރުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ، އެމަނިކުފާނު ސިޔާސީ ލޯތަބަށްވުރެން ގައުމީ ލޯތްބަށް އިސްކަންދެއްވާ ކަމުގެ އަލިގަދަ ހެއްކެއް.“ ރައީސް މުއިއްޒުގެ ކުރިމިނަލް އެޑްވައިޒަރުކަން ވެސް ކުރައްވާފައިވާ މުހްތާޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވިދާޅުވީ އެމަނިކުފާނު ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 ވުރެ އިތުރު ނުވާނެކަަމަށެވެ.  އެހެންނަމަވެސް އެ އަދަދަށްވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކުރިކަމަށް ބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހޯދުމަށް މީޑިއާތަކުން އެދުނަމަވެސް މިހާތަނަށް ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ ޖުމްލަ އަދަދު ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!