ބީއެމްއެލްގެ އާ ސީއީއޯއަކަށް ޝަރީފް ހަމަޖައްސައިފި
ދެންމެ | 16 އޮކްޓޯބަރ 2024

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އަށް އާ ސީއީއޯ އަކަށް މުހައްމަދު ޝަރީފް ހަމަޖައްސައިފި އެވެ.

ޝަރީފް ސީއީއޯއަކަށް ހަަމަޖެއްސިކަން ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.

އެ ނިންމުމަކާއެކު ޝަރީފްއަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯކަން ފާހަގަކޮށް ބޭންކުން ބުނީ މިއީ ރާއްޖޭގެ ފައިނޭންޝިއަލް ދާއިރާގައި އެޅުނު މުހިންމު މޭލުގަލެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މި މަހުގެ ނުވަަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

އަދި މިދިޔަ މަގުގެ 22 ދުވަހު އޮތީ އާ ސީއީއޯއެއް ހޯދަން އިއުލާންވެސް ކޮށްފަ އެވެ.

ކާލް އިސްތިއުފާ ދެއްވީ ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު އެއްކޮށް ކަނޑާލި މައްސަލަ ހޫނުވެ ބީއެމްއެލްއިން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރިކަމަށް ތުހުމަތުކުރެވުނުތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!