ދިވެހި އަސްކަރިއްޔާއަށް އިތުރު ހަތިޔާރު ހޯދާނަން: ރައީސް
ދެންމެ | 04 ނޮވެމްބަރ 2024

ދިވެހި އަސްކަރިއްޔާއަށް އިތުރު ހަޔިތާރު ހޯއްދަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފްކުރަން ނިންމާފައިވާއިރު، އަހަރަކު 1000 ސިފައިން ދިވެހި ޤައުމުގެ ޚިދުމަތައް ނެރުމަކީ އަމާޒެކެވެ.

މި އަމާޒާއެކު އަޅާނުލެވި ދޫކޮށްލެވިފައިވާ ސިފައިންގެ މަރުކަޒުތައް ތަރައްޤީކޮށް، ގިރިފުށި ފަޅުން އިތުރު 13 ހެކްޓަރު ހިއްކާ ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ.ޤައުމީ ދިފާޢީ ބާރަކީ ޒަމާނީ ވަސީލަތްތަކާއި ޤަބިލީއްޔަތުކަން ލިބިފައިވާ ބާރަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެކެވެ. އެގޮތުން މުޅިން އަލަށް ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބަހާ މިއަހަރު އުފައްދަވާފައިވާއިރު، މިދައުރު ނިމުމުގެ ކުރިން ކޯސްޓް ގާޑްގެ ކެޕޭސިޓީ ބޮޑުކުރަން އެމަނިކުފާނު ވަނީ ނިންމަވާފައެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޤިލާބީ ބަދަލެއް، ޤައުމީ ދިފާޢީ ބާރަށް ގެނުވުމަށް މަސައްކަތް ކުރަމުންދާއިރު މިއީ ދިވެހި ތާރީހުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތެއްކަން ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއެވެ.

ޤައުމީ ދިފާޢީ ބާރުން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިންގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރަންޖެހޭ ގިނަ ސަބަބުތަކެއް ހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. މާޒީއަށް ބަލާއިރު ކަނޑުމަގުން ދިވެހިންނާއި ތޮޅެން އަބަދުވެސް މަސައްކަތް ބަޔަކު ތިބިކަން ފާހަގަ ކުރެވޭ ކަމަށާއި، ކަނޑުގެ ބާޒުންގެ ގޮތުގައި މަޝްހޫރު ޕޯޗުގީޒުން ރާއްޖެ އެރީވެސް އެފަދަ ވިސްނުމެއްގައި ކަމަށް ބެލެވޭ ކަމަށްވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގަިއވެސް އަދި އޭގެ ކުރިިން ވެރިކަމާ ހަވާލުވެވަޑައިގެން މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އަސްކަރިއްޔާއަށް އެކަށީގެންވާވަރަށް ވަސީލަތްތައް ފޯރުކޮށްދެވެން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!