މުޅި ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ މަސްރޫޢު ރައީސް ފައްޓަވައިދެއްވައިފި
ދެންމެ | 07 ނޮވެމްބަރ 2024

މަސްވެރިންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން ކުރިއަށްގެންދާ މަޝްރޫއު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފައްޓަވައިދެއްވައިފި އެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަ ޝިމާދު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން ހުރިހާ އަތޮޅެއްގައި ފިއުލް ސްކިޑް ގާއިމުކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ތިން އަތޮޅެއްގައި އަދި އޮކްޓޫބަރު މަހުގެ ކުރިން ފަސް އަތޮޅެއްގައި ފިއުލް ސްކިޑް ގާއިމުކުރެވޭނެ އެވެ.

މި މަޝްރޫއުގެ ދަށުން 40 ފޫޓުގެ ދެ ތެޔޮ ކޮންޓެއިނަރާއި 20 ފޫޓުގެ އެއް ކޮންޓެއިނަރު މޯބައިލް އޮފީހެއްގެ ގޮތުގައި ގާއިމުކުރާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި ތެޔޮ ސްކިޑްތައް ގާއިމުކުރެވޭނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 20 ރަށެއްގައި ތެޔޮ ސްކިޑް ގާއިމުކުރެވޭނެ އެވެ. އަދި މަސްވެރިކަން ފުޅާވެގެންދާ ނިސްބަތުން މިހާރު ކަނޑައެޅިފައިވާ ރަށްތަކުގެ އިތުރުން އެހެން ރަށްތަކުގައި ވެސް ފިއުލް ސްޓޯރޭޖް ގާއިމުކުރެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!