މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބަހައްޓަން ރައީސް ނިންމައިފި
ދެންމެ | 07 ނޮވެމްބަރ 2024

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިފުތިތާހުކުރި އޭޓީއެމްއަކީ އދ. އޮމަދޫގައި ގާއިމުކުރެވުނު އޭޓީއެމް އެވެ. މިވަގުތު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ މިއަދު ފެށި މަޝްރޫއުގެ އަމާޒެކެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!