ގްރޭސްޕީރެޑް 18 މަސްދުވަހާއި އެކު އެންމެ އަގު ހިޔާވަހި ލޯނު ސިކީމް ހުޅުވާލައިފި
ދެންމެ | 07 ނޮވެމްބަރ 2024

ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ގްރޭސްޕީރެޑް 18 މަސްދުވަހާއި އެކު އެންމެ އަގު ލޯނު ސިކީމް ހުޅުވާލައިފި އެވެ.

”ހިޔާވަހި ފައިނޭންސް ސްކީމް“ ގެ ދަށުން ލޯނު ދޫކުރުމަށް ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި އަތޮޅުތެރެ އާއި އާބަން ސެންޓަރުތަކާއި ފުރަމާލެ ހިމެނެއެެވެ. އެގޮތުން އަތޮޅު ތެރޭގެ ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކަމާކަށް ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ލޯނު ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތަކުގެ ތަފްސީލް މި ހަފުތާ ނިމުމުގެ ކުރިން ގެޒެޓުކުރާނެކަމަށެވެ. ސްކީމަށް އެޕްލައިކުރަންޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!