އަދަދު ނޫހުން ވޭޕާއި ދުންފަތް ޕްރޮމޯޓްކޮށް، ޖީލެއް ހަލާކު ކުރަމުންދާ ކަމަށް މުހްތާޒް ވިދާޅުވެއްޖެ
ދެންމެ | 08 ނޮވެމްބަރ 2024

އަދަދު ނޫހުން ވޭޕާއި ދުންފަތް ޕްރޮމޯޓްކޮށް، ޖީލެއް ހަލާކު ކުރަމުންދާ ކަމަށް މުހްތާޒް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ދުންފަތާއި ވޭޕަށް ހިތްވަރު ލިބޭ ގޮތަށް  ލިޔެފައިވާ އާޓިކަލެއް ޓުވީޓު ކުރައްވަމުން މުހްތާޒު ވަނީ ނޫސްވެރިންނާއި ނޫސްތަކުގެ އިޖުތިމާއީ ޒިންމާ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

‏“ނޫސްވެރިންނާއި ނޫސް ތަކުގެ އިޖުތިމާއީ ޒިންމާ ކޮބައިތޯ. ދިވެހިންގެ މެދުގައި މަގުބޫލު ނޫހަކުން ޖީލެއް ހަލާކުގެ ތެރެއަށް ދިއުމަށް މަގުފަހިވާކަމަށް މާހިރުން ބުނަމުންދާ ވޭޕާއި ދުންފަތުގެ ދިފާއުގައި ޚަބަރުތައް ޝާއިޢު ކުރަމުންދާކަމީ ނުހަނު ބޮޑު ކަންބޮޑުވުމެއް. ދުންފަތް ސިޔާސީ ނުކުރައްވާ.“

https://x.com/Muhuthaz/status/1854854065215488282?t=E6aXvBtpU0HcA8mvfGLkog&s=19

މުހްތާޒު މިފަދަ ގޮތަކަށް ޓުވީޓް ކުރައްވާފައި މިވަނީ ރައީސް ޑރ. މުއިއްޒު ވޭޕާއި ދުންފަތާއި ދެކޮޅަށް ފަށާފައިވާ ހަރުކަށި ސިޔާސަތުތަކާއި ދެކޮޅަށް ދުންފަތް ޕްރޮމޯޓްވާ ގޮތަށް އަދަދު ނޫހުން ލިޔުންތައް ސާއިއު ކުރަމުން ގެންދާތީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!