މާލޭ ގެއެއް 11.6 މިލިޔަނަށް ނީލަމްގައި ވިއްކާލަން ނިންމައިފި
ދެންމެ | 06 އޯގަސްޓް 2026

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގެ ގެއެއް ނީލަުގައި ވިއްކާލަން ދެ ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

ވިއްކާލަން އިއުލާންކޮށްފައިވަނީ މއ. ކުދިމަގޫގެ އެވެ. މި ގޭގެ ނީލަން ފެށޭ އަގަކީ 11.6 މިލިއަން ރުފިޔާއެވެ. މިދިޔަ ޖުލައި މަހު އެ ގެ ވިއްކާލަން އޭރު އެމްއައިބީން އިއުލާނުކުރީ 12 މިލިއަން ރުފިޔާއަށެވެ.

އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދީފައިވަނީ އެ. ގެ ރަހުނުުކޮށްފައި ނަގާފައިވާ ލޯނެއް ނުދައްކައިގެނެވެ. އެމްއައިބީން ބުނީ އެ ގެ ގަންނަން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވަނަ ދުވަސް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!