މިސް ޔުނިވާސް: ދިވެހިންގެ ތާއީދާއިއެކު ސައިނާ ފޭން ރޭކިންގައި ތަފާތު ބޮޑުކޮށް ދެމިލައިފި
ދެންމެ | 11 ނޮވެމްބަރ 2024

މިހާރު މެކްސިކޯގައި ކުރިއަށްދާ ރީތީގެ މުބާރާތް، މިސް ޔުނިވާސްގެ ފޭން ވޯޓުގެ ރޭކިންގައި އެންމެ ބޮޑު ތަފާތަކާއެކު ރާއްޖޭގެ މަރިޔަމް ސައިނާ ނަސީމް ކުރިއަށް ޖެހިލައިފި އެވެ.

މި ހަފްތާގައި އެންމެ ބޮޑު ތަފާތު ހޯދި ގައުމުތަކުގެ ބައިވެރިންގެ ތެރެއިން ތަފާތު ބޮޑުކޮށް ކުރިއަށް އެރި ބައިވެރިންގެ ގޮތުގައި މިސް ޔުނިވާސްގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ބުނާގޮތުން ސައިނާ ވަނީ 82 ގެ ޖަމްޕަކާއެކު ކުރިއަށް ޖެހިފަ އެވެ.

ފޭނުންގެ އެންމެ މަގުބޫލު ބައިވެރިއަކަށް ވޯޓު ލުމަށް ހުޅުވާލާފައިވާއިރު، ވަކި ވަރަކަށް ފައިސާ ދައްކައިގެން ވޯޓު ލުމުގެ ފުރުސަތު ލިބެ އެވެ. ވޯޓު ލުމަށް ހާއްސަކޮށްފައިވާ ލިންކްއަށް ދިއުމުން ވޯޓުލުމާއި ގުޅޭ ތަފްސީލު ލިބިގެންދާނެ އެވެ. ސައިނާ ވަނީ ވީހާވެސް ގިނަ ބޭފުޅުން އޭނާއަށް ވޯޓު ދިނުމަށް އެދިފަ އެވެ.

މިސް ޔުނިވާސް އިން އާންމުކޮށްފައިވާ ޕޯސްޓެއް

ދުނިޔޭގެ އެންމެ ރީތި އަންހެނުން ހޮވާ މި މުބާރާތުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކުރާ އުމުރުން 21 އަހަރުގެ މަރިޔަމް ސައިނާ ނަސީމަށް ގިނަ ބަޔަކު ދަނީ ތާއިދުކުރަމުންނެވެ.

ސައިނާ މީގެކުރިން ވަނީ ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް 2022ގައި ބައިވެރިވެ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައިވެސް އޭނާ ބައިވެރިވި އެވެ.

ސައިނާ މިސް ޔުނިވާސްގައި ބައިވެރިވުމުން ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ރައީސް މުހައްމަދު މުއިއްޒުވެސް ވަނީ އެކަމާއި ދެކޮޅަށް އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!