އަނެއްކާ ވެސް ވިސާ ނެތް ބިދޭސީންތަކެއް އަތުލައިގެންފި
ދެންމެ | 12 ނޮވެމްބަރ 2024

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ މި މަހުގެ 9 ހިންގި ރެއިޑް އޮޕަރޭޝަންގައި ހުޅުމާލޭގައި ސެލޫން ހިންގަމުން އަންނަ ހަ ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދަާ ހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރޭގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 4،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑިޕޯޓްކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!