ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އަހަރެއްވުމާއި ގާތްވެފައިވާއިރު ވޭތުވެދިޔަ ކުރު މުއްދަތުގައި އެމަނިކުފާނު ރައްޔިތުންނަށްޓާކައި ވެވަޑައިގެންނެވި ގުރުބާނީ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭނެ އެވެ.
ރައީސް ވަނީ ނިމިދިޔަ ސަރުކާރުތަކުން ކުރަން ކެރިވަޑައި ނުގެންނެވި އެތައް ކަމެއް ރައްޔިތުންނަންޓަކައި ކުރައްވާ ކާމިޔާބު ހޯއްދަވާފަ އެވެ.
ދިވެހި ގައުމުގައި ފާލުން ނެއްޓިފައިވާ އެތައް ކަމެއް އެމަނިކުފާނު ގެންދަވަނީ ފާލަށް އަޅުއްވަމުންނެވެ.
ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލަ ހައްލަ އާއި ޑްރަގް ވިޔަފާރިތަކާއި ގޭންގުތަކުގެ މައްސަލައިގެ އިތުރުން ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމާއި ސިގިރޭޓާއި ވޭޕް މަނާ ކުރުން ފަދަ ހަރު ގައުމީ ނިންމުންތަކެއް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ޒަމާނުންސުރެ ގައުމުގައި ފާލުން ނައްޓާލައިފައި ހުރި އެތައް ކަމެއް ފާލަށް އެޅުއްވުމަށް އެމަނިކުފާނު ގެންދަވަނީ ހުސިޔާރުކަމާއި އެކު ހިކުމަތު އަމަލީ ބޭނުން ކުރައްވަމުންނެވެ.
ގައުމުގައި ހަމައެއް ލަމައެތި ގާނޫނެއް ގަވައިދެއް ނެތި އެތައް ކަމެއް ބޮއްސުންލާފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ދިވެހިންނަށް ހަގީގީ ދިވެހި ގައުމު ހޯއްދަވައި ދެއްވަމުންނެވެ.