ސައިންސުން ހާމަވާ ގޮތުގައި ޖިންސީ ގުޅުން ހިންގުމަށްފަހު ގާތްގަނޑަކަށް 40 މިލިއަން ދަރިފަނި އަންހެނާގެ ބިސްރަވައާއި ހަމައަށް ވާސިލުވުމަށްޓަކައި ފަތަން ފަށައެވެ. ދެންނެވުނު 40 މިނިއަނެއްހާ ދަރިފަނީގެ ތެރެއިން ބިސްރަވައާއި ހަމައަށް ދެވެނީ ގަތްގަނޑަކަށް 200އެއްހާ ދަރި ފަންޏަށެވެ. އެއްބައި ފަނިތައް މި ދަތުރުގައި ވަރުބަލިވަނީއެވެ. އަނެއް ބައި މަރުވަނީއެވެ. މިއީ ފަސޭހަ ރޭހެއް ނޫނެއް ނޫންތޯއެވެ. މި ދެންނެވުނު ފަނީގެ ތެރެއިން ބިސް ދަރިމައިވީ އެންމެ އެކަކެވެ. އެއީ ތިބާއެވެ.
ދުވަހަކުވެސް މިކަމާ ވިސްނާފައިވޭތޯއެވެ؟ ލޮލެއް ނެތި ރޭހެއް ކާމިޔާބުކޮށް، ތައުލީމު ނެތި ރޭހެއް ޖަހާ މޮޅުވެ، ސެޓްފިކެޓެއް އިލްމެއް ނެތި އެހީތެރިކަމެއް ނެތި ދުވެ މޮޅުވިއެވެ. މިހާރު ބަލިވާނެ ކަމަށް ހީވާ ސަބަބަކީ ކޮބައިތޯ؟
މިހާރު ތިބާގެ ދެލޮލާއި ފަޔާއި ފުރިހަމަ ސިކުނޑިއެއް ވެސް ވެއެވެ. މިހާރު ތިބާއަށް މާތްﷲ ބަސްފުޅުގެ ޢިލްމު ލިބިފައި އޮތުމުން، ތިބާގެ ރޭވުންތަކާއި، ހުވަފެންތަކާއި ތަޞައްވުރުތަކެއް ރޭވިފައިވީ ހިނދު ދޫދީ ފަހަތަށްޖެހި، ނުވާނެ ކަމަށް ޤަބޫލު ކުރުމަކީ ތިބާއަށް ލިބިފައިވާ ނިޢުމަތްތަކަށް ކޮޅުފައިން ޖެހުން ފަދަ ކަމެކެވެ.
މިހާރު ދިމާވާ ކަންކަން ޗެލެންޖެއްގެ ގޮތުގައި ނަގާށެވެ. އިމްތިޙާނެއް ކަމަށް ދެކޭށެވެ. އަބަދުވެސް ހަނދާން ކުރާށެވެ. ތިބާއަކީ އެއްކަލަ 40 މިލިއަނެއްހާ ފަނީގެ ތެރެއިން މަންމަގެ ބަނޑުން ކާމިޔާބު ހޯދިމީހާއެވެ. ފެށުމުގައި ވެސް ދޫނުދީ ކާމިޔާބު ކުރިމީހާއެވެ. ހެޔޮނިޔަތާކާއެކު ބުރަމަސައްކަތުން ކޮއްމެ ކަމެއްވެސް ( إِنْ شَاءَ ٱللَّٰهُ ) ކާމިޔާބުވާނެއެވެ.