ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީގެ ޓަނަލް އޮންނަނީ ޖަޕާނުގައި!
ދެންމެ | 18 ނޮވެމްބަރ 2024

ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީގެ ޓަނަލް އޮންނަނީ ޖަޕާނުގަ އެވެ.

ޖަޕާނުގެ ސެއިކަން ޓަނަލަކީ ޒަމާނީ އިންޖިނިއަރިންގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި، މިއީ ޓްސުގާރޫ ސްޓްރެއިޓްގެ ދަށުގައި އޮންނަ ހޮންޝޫ އާއި ހޮކައިޑޯ ޖަޒީރާތައް ގުޅުވައިދޭ ޓަނަލެކެވެ.

ޖުމްލަ ދިގުމިނަކީ 33.46 މޭލު (53.85 ކިލޯމީޓަރު) , އަދި އޭގެ ތެރެއިން 14.5 މޭލު (23.3 ކިލޯމީޓަރު) ކަނޑުއަޑީގައި އޮންނަ މި ތަނަކީ ދުނިޔޭގެ އެންމެ ދިގު ސަބްމެރިން ޓަނަލްގެ ލަގަބެވެ.

1988 ވަނަ އަހަރު ހުޅުވި ސެއިކަން ޓަނަލަކީ ޖަޒީރާތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދޭ ޓަނަލްއެއް ނޫން ކަމަށާއި ބިންހެލުމާއި ސުނާމީތަކަށް ކެތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓަނަލެއް ކަމަށާއި، މިއީ ޖަޕާނުގެ އިންޖިނިއަރިންގެ ކުރިއަރާފައިވާ ފެންވަރު ދައްކުވައިދޭ ޓަނަލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!