އިނގުރު ސައިގެ ފައިދާ!
ދެންމެ | 21 ނޮވެމްބަރ 2024

އިނގުރު ސަޔަކީ ބޯދާ ޒަމާނުއްސުރެ މީހުން ބޭނުން ކުރަމުން އައިސްފައިވާ، އަދި ވަރަށް ގިނަ ބަޔަކަށް ކަމުދާ ބުއިމެކެވެ. މިއީ ފަސޭހަކަމާއެކު ތައްޔާތު ކޮށްލެވޭ ބުއިމަކަށްވީއިރު މިއީ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެއްވެސްމެއެވެ.

 

ތިރީގައި މި ހިމަނާލަނީ އިނގުރު ސައި ބުއިމުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެެވެ.

 

ލޭގެ ހަކުރު ހުންނަ މިންވަރު ދައްކޮށްދޭ

އިނުގުރު ސަޔަކީ ލޭގައި ހަކުރު ހުންނަ ވަރު ދައްކޮށްދީ އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީވެދޭ އެއްޗެކެވެ. އިނގުރު ސައި ބުއިމުން ހަށިގަނޑުގައި އިންސިއުލިން ހުންނަ މިންވަރާއި، ޓްރައިގްލިސެރައިޑުތައް ހުންނަ މިންވަރު ދައްކޮށްދެއެވެ. އަދި އޭގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދައްވެ، ހަކުރު ބަލިން މީހާ ރައްކާތެރި ކޮށްދެއެވެ.

 

 

މައްސަރު ދުވަސްވަރުވާ ތަދު ލުއިކޮށްދޭ

އިނގުރު ސަޔަކީ މައްސަރު ކަންތައް ދިމާވުމުން އަންހެންވެރިން ތަހައްމަލު ކުރާ ވޭންވެސް ލުއިކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މި ބުއިމުން ހަށިގަނޑުގެ ގުނަވަންތައް ދުޅަވުން ކުޑަކޮށްދެއެވެ. އަދި އޭގެ ސަބަބުން މައްސަރު ދުވަސްވަރު އެ އަޅާ ވޭން ވެސް ލުއިވެއެވެ.

 

ސިކުނޑި މަސައްކަތް ކުރާ ވަރު ރަނގަޅު ކޮށްދޭ

އިނގުރު ސަޔަކީ ސިކުނޑި މަސައްކަތް ކުރާ މިންވަރުވެސް ރަނގަޅު ކޮށްދޭ އެއްޗެކެވެ. އިނގުރަކީ މީހާގެ ގުނަވަންތައް ދުޅަވުން ކުޑަކޮށްދޭ އަދި މީހާ އޮކްސިޑޭޓިވް ސްޓްރެސްއާވެސް ދުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން މި ބުއިމުން މީހާގެ ސިކުނޑީގެ މަސައްކަތްތައް އިތުރަށް ފުރިހަމަވެ، ހަނދާން ނެތޭ ބަލިންވެސް މީހާ ރައްކާތެރި ކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!