އެސްޖޭގެ ބިންކޮޅަކަށް 5 މިލިޔަނުގެ ކަޓެއް ނުލިބިގެން ޒުހޫރު ތެޅިފޮޅުން!
ދެންމެ | 22 ޑިސެމްބަރ 2024

އެސްޖޭއިން ހުޅުމާލޭން ގަންނަން އުޅުނު ބިންކޮޅަކަށް 5 މިލިޔަން ރުފިޔާގެ ކަޓެއް ނުނެގިގެން އެޗްޑީސީގެ ކުރީގެ ޗެއަރމަން ޒުހޫރު ތެޅިފޮޅުކަން ހާމަ ވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުހޫރު މިކަމަށް މި ލާރި ކޮޅު އަތު ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީނާ އަތަށް 5 މިލިޔަން ނުލެބެނީސް އެމައްސަލަ ބޯޑަށް އެޖެންޑާ ނުކުރާނެ ކަމަށް ވެސް ބުނެ އެސްޖޭގެ ވެރިންނަށް ވަނީ އިންޒާރު ވެސް ދީފައި ވެއެވެ.

މި ބިންކޮޅު އެސްޖޭއަށް ގެނެވިފައި ވަނީ މިޒުހޫރު ޗެއަރމަންކަމުން ވަކިކުރި ފަހުން ނެވެ.

ޒުހޫރަކީ ވައްކަމާއި ކަރަޕްސަން ހިންގުމުގެ އާދަޔާ ހިލާފް ރިކޯޑެއް އޮތް މީހެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!