އެޗްޑީސީ ބޯޑުގެ ސަސްޕެންސަން އުވާލައިފި
ދެންމެ | 24 ޑިސެމްބަރ 2024

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގާ ގުޅިގެން ސަސްޕެންޑްކުރި އެޗްޑީސީގެ ބޯޑުގެ ޑިރެކްޓްރުންގެ ސަސްޕެންޝަން އުވާލައިފި އެވެ.

އެޗްޑީސީގެ ބޯޑުން ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އޭގެ ތެރޭގައި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް ފަހުން ފަޒުލް މަގާމުން އިސްތިއުފާ ދެއްވުުމުން އެމްޑީގެ މަގާމަށާއި އަދި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް މައުރޫފް ޖަމީލު ވަނީ އައްުޔަނުކޮށްފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެޗްޑީސީއަށް އާ އެމްޑީއެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެޗްޑީސީގެ މައްސަލަ އޭސީސީއާއި ފުލުހުން ވެސް މިހާރު ދަނީ ބަލަމުން ނެވެ.

އަދި އިއްޔެ އެޗްޑީސީގެ އާ އެމްޑީއާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ބައްދަލު ކުރައްވައި ތަހުގީގާ ގުޅޭ ގޮތުން މަޝްވަރާވެސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!