ރައީސް ޑރ. މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނުކަން ނުދެނަހުރިން: ނަޝީދު
ދެންމެ | 30 ޑިސެމްބަރ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ހައްސާސް ރޭވުންތަކެއް ރޭވިކަން އެނގިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި އިންޑިއާއިން އެތައް މިލިއަން ޑޮލަރެއް ހޯދައިގެން އިންޑިއާގެ ރޯ ގެ އެހީގައި ގެންނަނަން އުޅުނު މި ބަޣާވާތާއި ބެހޭ ގޮތުން ވޮޝިންޓަން ޕޯސްޓް ގައި މިއަދު ޝާއިޢު ކުރި ރިޕޯޓް ވިދާޅުވީ ވަރަށް ޝައުޤުވެރިކަމާއި އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް އިންޑިއާއިން ދިވެހި ސަރުކާރު ވައްޓާލަން އެހީތެރި ނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު ވިދާޅުވީ، އެހެންވިޔަސް ބައެއް މީހުން އަބަދުވެސް އުޅެނީ ހުވަފެނީ ދުނިއެއްގައި ކަމަށެވެ.

”އެފަދަ ކަމަކަށް އިންޑިއާ ސަރުކާރަކުން ދުވަހަކުވެސް އެއްބާރުލުމެއް ނުދޭނެ. އެއީ އަބަދުވެސް ރާއްޖޭގައި ޑިމޮކްރެސީ ދެމިއޮތުމަށް އެގައުމުން ތާއީދުކުރާތީ،“ ނަޝީދު އެކްސްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ވޮޝިންޓަން ޕޯސްޓުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ރައީސްކަމުގެ މަގާމުން ދުރުކުރުމަށް އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާގެ އެހީގައި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށް ބޮޑު ރޭވުމެއް ރާވާފައެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، ”ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް“ ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ރާވާފައިވާކަމަށެވެ.

އިންޑިއާގެ ރޯ އެޖެންޓުގެ ޝާމިލުވުމެއް މިކަމުގައި އޮތްކަމަށް ނޫހުން ބުނިނަމަވެސް، އިންޑިއާގެ ރަސްމީ ޝާމިލުވުމެއް އޮތްކަމަކަށް ވޮޝިންޓަން ޕޯސްޓުން ވެސް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!