ފަނޑިޔާރު ޝުއައިބު އަވަހާރަވެއްޖެ
ދެންމެ | 19 ޖެނުއަރީ 2025

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އައްޔަންކުރީ މާޗު 26، 2011ގަ އެވެ. ޝުއައިބު ވަނީ ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އޭނާ ރިޓަޔާކުރެއްވީ ނޮވެމްބަރު 22، 2022 ގަ އެވެ.

 

ފުރުއްވި ބައެއް މަޤާމުތައް:

ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރގެ މަޤާމު

ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީގެ މަޤާމު

މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަމުގެ މަޤާމު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމުގެ މަޤާމު

އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމުރުން 55 އަހަރުގެ ޝުއައިބު އެންމެ ފަހުން ފަރުވާ ހޯއްދެވީ، ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

އޭނާ ވަނީ މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!