ބޯވައިގައި 3 ހިތް އިންނަކަން އިނގޭ ތަ!
ދެންމެ | 28 ޖެނުއަރީ 2025

ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައިިވިޔަސް، މާތްﷲ އުފައްދަވައިފައިވާ އެތަކެއް ތަފާތު ދިރޭ ތަކެއްޗެއް ފެނެގެން ދެޔެއެވެ. އެގޮތުން ރާއްޖޭ މީހުން އާދައިގެ މަތިން ކައި އުޅޭ ބޯވަ އަކީވެސް ވަރަށް ހައިރާން ކުރުވަނިވި އެއްޗެކެވެ.

އެންމެ ފުރަތަމަ ކަމަކަށް، ބޯވައިގާ ތިން ހިތް ހުރެއެވެ. ތިން ހިތުގެ ތެރެއިން، 2 ހިތް އެސޮރުގެ ގިލްސްއަށް ލޭ ފޮނުވަދޭއިރު، އަނެއް ހިތުން ލޭ ފޮނުވަ ދެނީ އެސޮރުގެ ހަށިގަނޑަށެވެ. ނަމަވެސް ބޯވަ ފީނަން ފަށައި ހިސާބުން އެސޮރުގެ ގަޔަށް ލޭ ފޯރުކޮއްދޭ ހިތް މަސައްކަތް ކުރުން ހުއްޓާލައެވެ. މި ސަބަބައްޓަކައި ހުރެ ބޯވަ ފީނުމުގެ ބަދަލުގައި އާންމުކޮށް އެއްތަނުން އަނެއް ތަނަށްގޮސް އުޅެނީ ފިރުކިފައެވެ.

މީގެ އިތުރުން، ބޯވައިގެ ލޭގެ ކުލަވެސް ހުންނަނީ ރަތް ކުލައިގެ ބަދަލުގައި، ނޫ ކުލައިގައެވެ. އަދި ބޯވައަކީ، މޫދުގައި އުޅޭ އެކި ދިރޭ ތަކެތި ތަކުގެ ތެރެއިން ވިސްނުން ތޫނު އަދި ފަސޭހައިން މައްސަލަ ހައްލު ކުރަންވެސް އިނގޭ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!